ނ. ކެނދިކުޅުދޫގައި އަމިއްލަ ފަރާތަކުން ތަރައްގީކުރި މިސްކިތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހުޅުވައިދެއްވައިފިއެވެ.
މަސްޖިދުއް ރަހުމަތުގެ ނަމުގައި ހުޅުވި އެ މިސްކިތަކީ މިދިޔަ އަހަރުގެ މާޗު މަހު ބިންގާ އެޅި މިސްކިތެކެވެ. އެ މިސްކިތުގެ ބިންގާ އަޅުވައްވައިދެއްވީވެސް ރައީސް ސާލިހެވެ.
ފައްސަތޭކަ ފަންސާން މީހުންގެ ޖާގައިގެ އެ މިސްކިތަކީ އަންހެނުނަށްވެސް ނަމާދު ކުރެވޭހެން ތަރައްގީކޮށްފައިވާ މިސްކިތެކެވެ.
އެ މިސްކިތަކީ އެރަށުގައި ގާއިމްކޮށްފައިވާ ފަސް ވަނަ މިސްކިތެވެ.