މާލޭ ޖަލު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫއު މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޑިޒައިނިންގ އާއި ބިމުގެ ބޮޑުމިން ބެލުމުގެ މަސައްކަތް ކަމަށެވެ.
"މަޝްރޫއުގެ ދަށުން މާލެ ޖަލުން ތިލަފުއްޓަށް ރީލޮކޭޓް ކުރެވޭނެ. މިހާރު ކުރިއަށް ދަނީ ޑިޒައިނިންގްއާއި ބިމުގެ ބޮޑު ބިން ބެލުން ފަދަ މަސައްކަތްތައް." އޮފިޝަލު ވިދާޅުވި އެވެ.
މިއަހަރުގެ ބަޖެޓުގައި މާލެ ޖަލު ތިލަފުއްޓަށް ބަދަލު ކުރުމަށްޓަކައި 20 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.
ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ހދ އަތޮޅުގައިވެސް ޖަލެއް އެޅުމުގެ މަސައްކަތް ފަށަން ވަނީ ރާވާފަ އެވެ.