އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖް (ސާޓޭ) ފެއާގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިއަދުން ފެށިގެން މިމަހުގެ 10 ގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 19 ކުންފުންޏަކުން 28 މަންދޫބުންވަން ބައިވެރިވެފައި ވެއެވެ.
މި ފެއާ އަކީ މިއަހަރު އެމްއެމްޕީއާރްސީން ބައިވެރިވާ ފުރަތަމަ ފަތުރުވެރިކަމުގެ އިވެންޓެވެ
މި ފެއާއަކީ މި ސަރަހައްދުގައިބޭއްވޭ އެންމެ ބޮޑު އެއް ފެއާއެވެ، އެގޮތުން މި މިފެއާގައި 50 ޤައުމެއްގެ 1000 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެވެފައި ވެއެވެ.
އެމްއެމްޕީއާރްސީން ވިދާޅުވީ، މި ފެއާއަށް 60 އަކަފޫޓުގެ ދިވެހިރައްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރެސްޓޯރަންޓެއް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ.
އިންޑިއާ އަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ.