މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނޭ އެންމެ އުދަނގޫ އެއް ދުވަސްވަރެވެ. އެ ދުވަސްވަރު ތަފާތު އުދަނގޫތައް ތަހައްމަލު ކުރަން ޖެހޭއިރު، މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަހާއި، އަދި ދެވަނަ 3 މަހުގެ ތެރޭގައި ވެސް ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ.
މާބަނޑު ދުވަސްވަރު ނޭވާލާން އުނދަގޫވެ، ނޭވާ ކުރުވަނީ، އެ ދުވަސްވަރަކީ ހަށިގަނޑަށް އިތުރަށް އޮކްސިޖަން ބޭނުންވާ ދުވަސްވަރަކަށްވުމުންނެވެ. އަދި ރަހިމުގައި އޮންނަ ކުއްޖާ ހެދިބޮޑުވަމުން އަންނަ ވަރަކަށްވެސް ނޭވާލާން އުނދަގޫވުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
އަލާމާތްތައް
- ކިރިޔާ ކަމެއް ކޮށްލާއިރަށް ބަރުބަލިވެ ނޭވާކުރުވުން
- ބަރުއެއްޗެއް އުފުލާއިރު ނޭވާ ހާސްވެ ނޭވާ ކުރުވުން
- އުސް ތަންތަނަށް އަރާއިރު ނޭވާކުރުވުން
ނޭވާކުރުވުމަށް މަގުފަހިވާ ކަންކަން
- މާބަނޑު ދުވަސްވަރު މާބޮޑަށް ބަރުދަން އިތުރުވުން
- ފެންކޮތަޅުގައި ފެންގިނަވުން
- އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް ބަލިވެ އިނުން
- ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހުން
މާބަނޑު ދުވަސްވަރު ކުރިމަތިވާ ނޭވާކުރުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
- ވީހާ ވެސް ގިނައިން އަރާމު ކުރުން
- ރޭގަނޑު މިމައްސަލަ ކުރިމަތިވާނަމަ ވާތްފަރާތަށް ބުރަވެ އޮވެ ނިދުން
- ތަނެއްގައި އިށީދެ އިންނައިރު ސީދަލަށް (ހަށިގަނޑު ގުދުނުކޮށް) އިނުން
- ލަސްލަހުން ފުންކޮށް ދިގުކޮށް ނޭވާލުން