ބ.އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަހުމަދު އިން ޑިންގީ ކަނޑު އަޑިން ނަގައިފިއެވެ.

އެމްއެންޑީއެފް އިން އިއްޔެ ވަނީ އެ ޑިންގީގެ ބައެއް ފެނިފައިވާކަން ހާމަކޮށްފައެވެ.

އެމްއެންޑީއެެފުން ވިދާޅުވީ، ބ ދޮންފަނު އެކްސިޑެންޓުގައި ގެއްލުނު ޑިންގީ އެރަށުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރުން ނަގާފައިވާ ކަމަށާއި އެ ޑިންގީ ނެގީ ކަނޑުގެ 46 މީޓަރު އަޑިން ކަމަށެވެ.

އަދި ޑިންގީ ނަގައިގެން ދަރަވަންދޫއަށް މިއަދު ގެންދެވިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެ ޑިންގީ ފެނުނު ނަމަވެސް، ނަސްރު އަދި ފެނިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *