އީރާނުން އިރާގުގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި 80 އެއްހާ މީހުން މަރުވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުން މިހެން ބުނެފައިވާއިރު އެމެރިކާއިން ބުނެފައިވަނީ އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އަދި ހުރިހާ ކަމެއް ރަނގަޅު ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.
އީރާނުން އީރާގުފައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް ދީފައިވާއިރު، އެކަމާ ގުޅޭ ގޮތުން ނިއުސް ބްރީފިންއެއް ބާއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޯނަލް ޓްރަމްޕް ވަނީ ބުނެފައެވެ.
އީރާނުން ހަމަލާދީފައިވަނީ އިރާގުގެ އަލް އައްސަދު އެއާ ބޭސްއަށާއި އާބިލް ބޭސް އަށެވެ. މީގެ ތެރެއިން އަލް އައްސަދު އެއާ ބޭސް އަކީ އިރާގުގެ އެންމެ ގިނަ ދުވަސްވީ އަސްކަރީ މަރުކަޒެވެ. އެ ދެ ބޭސް އަށްވެސް ހަމަލާދީފައިވާއިރު، އެ ދެ ބޭސް ގައިވެސް އެމެރިކާ ސިފައިން ގާއިމްކޮށްފައި ތިބެއެވެ.
އީރާނުން ބުނެފައިވަނި އިރާގަށް ދީފައިވަނީ ރައްދުގެ ހަމަލާގެ އެންމެ ކުޑަ މިންވަރު ކަމަށެވެ.
އީރާނުން އީރާގަށް 22 މިސައިލެއް ފޮނުވާފައިވާ ކަމަށް އީރާގުން ބުނެއެވެ.