އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ، އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑީޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ 31 ޖެނުއަރީ 2020 ވާ (ހުކުރު) ދުވަހު ކަމަށާއި، ޕްރައިމަރީގެ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަަތު ޖެނުއަރީ 10 ވަނަ ދުވަހުގެ 18:00 އާއި ހަަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ، ޝަކުއާ ފޯމް [email protected] އަށް އީމެއިލް ކުރެއްވުމުން ފޯމް ބަލައިގަނެވޭނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.
އަދި އެ އިންތިހާބުގައި ވޯޓު ލެވޭނީވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އާންމު ކުރާނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް އެމްޑީޕީއިން ބުނެއެވެ.