ހއ. ހޯރަފުށީގައި 100،000 ގަސް އިންދަން އެރަށު ކައުންސިލްއިން ނިންމައިފި އެވެ.

އިއްޔެ ހަވީރު އެރަށުގައި ބޭއްވި ހައްސަ ރަސްމިއްޔާތެއްގައި ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފައިވާއިރު، އެ ޕްރޮގްރާމް ފަށްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ހޯރަފުށި ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް ވިދާޅުވީ މިއީ އެ ރަށުގެ އެއާޕޯޓް ސަރަހައްދު ފެހިކުރުމަށް ހިންގާ ހަރަކާތެއް ކަމަށާއި އަމާޒަކީ އެރަށުގެ އެއާޕޯޓް ހުޅުވުމު 100،000 ގަސް އިންދުން ކަމަށެވެ.

ޝާކިރު ވިދާޅުވީ އެ ހަރާކާތުގައި އެރަށުގެ ކައުންސިލާއި ރަށުގެ މުވައްސަސާތަކާއި އެމްޓީސީސީ އާއި ރަށް ކައިރީގައި އޮންނަ މަނަފަރު ރިސޯޓްއިންވެސް ބައިވެރިވާ ކަމަށެވެ. އަދި ސްކޫލު ކުދިންވެސް އެކަމުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *