އާސަންދައިން ނިމިދިޔަ އަހަރު ކުރި ހޭދަ ކަނޑައެޅިފައިވާ ބަޖެޓަށް ވުރެ އިތުރުވެއްޖެއެވެ.
އަހަރު ފެށުމުގެ ކުރިން އާސަންދައިން ހަރަދު ކުރުމަށް ބަޖެޓް ކުރެވިފައި ވަނީ އެއް ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު 1.2 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހޭދަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް ވަނީ 1.08 ބިލިއަން ރުފިޔާ ހަރުދުކޮށްފައެވެ.
ބޭސްފަރުވާގެ ނިޒާމަށް ރާއްޖެއިން ކަނޑައަޅައިފައިވާ ބަޖެޓަށް ވުރެ ކުރެވުނު ހޭދަ ބޮޑުވެގެން ދިޔައީ ރާއްޖެއިން ފަރުވާ ނުދެވޭފަދަ ބައެއް ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހުމުންނެވެ.