ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް، އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުން ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ވަނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް އޭނާ ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯޖުކޮށްފައިވާ ސޮޔެއްކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަމުންދާތީ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާކަން އަންގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ޖޭއެސްސީއަށް ސިޓީއެއް ފޮނުވައިފައެވެ.

އެހެންކަމުން އަބްދުއްރައްޒާގް މުހައްމަދުގެ  ސުލޫކީ މައްސަލަ ބެލުމަށާއި، ޖޭއެސްސީގެ ގާނޫނުގެ ދަށުން ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ދުރުކުރަން ކޮމިޝަނުން ވަނީ ނިންމައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *