ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ފުރަތަމަ އަހަރު ދަތުރުތަކަށް ޚަރަދުވީ 2.8 މިލިއަން ރުފިޔާ ކަމަށާއި، އެ ދަތުރުތަކުން ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބުނު ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ވިދާޅުވީ، 2018 ނޮވެމްބަރު 17 އިން މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ ޝާހިދު ރަސްމީ 2 ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި ދެ ދަތުރުފުޅުގެ ޖުމްލަ ޚަރަދެއް ގޮތުގައި ހިނގާފައިވަނީ 194،590.40 ރުފިޔާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ޖެނުއަރީ 1 އިން 2019 ނޮވެމްބަރު 17 އަށް 18 ދަތުރުފުޅަކަށް ޖުމްލަ 2،646،289.14ރ ހަރަރުދުވިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެހެންކަމުން ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި އެއް އަހަރު ތެރޭގައި، މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޖުމްލަ 20 ދަތުރުފުޅަކަށް ޚަރަދުވެފައިވަނީ 2،840،879.54ރ އެވެ.
ފޮރިންގ މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުތަކުގައި އެކި ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ިދައ، މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހިވެފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ފޮރިންގ މިނިސްޓްރީން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.