އިސްލާމް ދީނާއި ޙިލާފް ފޮޓޯތަކާއި ލިޔުންތަކެއް ހިމެނޭ ފޮތްތަކެއް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ބަހައިފިއެވެ
މި ފޮތުގައި އިންޑިއާ މީހުން އަޅުކަން ކުރާ ބުދުތަކާއި ކްރިސްމާއި އާއި ގުޅޭ ޅެންތަކާއި އިންޑިއާގެ ސަގާފަތް ހިމަނާފައިވެއެވެ.
މި ފޮތުގެ ގަނޑުތަކެއްގެ ފޮޓޯތަކެއް މީސް މީޑިޔާގައި ދައުރުވާން ފެށުމުން އަހްމަދިއްޔާ ސްކޫލުން ވަނީ ބަޔާނެއް ނެރެ، ދައުރުވަމުންދާ ފޮތުގެ ގަނޑުތަކަކީ އެ ސްކޫލުން ދޫކުރާ ފޮތެއްގައި ހުރި ގަނޑުތަކެއް ކަމަށް ބުނެފައެވެ.
"މި ފޮތް ބެލެނިވެރިންނަށް ދޫކުރުމުގެ ކުރިން މިފޮތުގައި ހުރި ރާއްޖެއާއި ނުގުޅޭ ބައިތައް ނަގައި، އޭގެ ބަދަލުގައި ދިވެހި ގައުމީ ސަލާމާއި ދިވެހި ދިދަ އާއި ދިވެހިރާއްޖޭގެ ނިޝާނާއި ދިވެހި ސަގާފަތް ދައްކުވައިދޭ ތަސްވީރުތަކެއް، އެ ސަފްހާތަކުގެ ބަދަލުގައި ހިމަނައިގެން ދޫކުރެވޭ ފޮތްތަކެކެވެ." އެ ބަޔާނުގައި ވެއެވެ.
އަހްމަދިއްޔާ އިން ވިދާޅުވީ އެގޮތަށް ފޮތްތައް ބަދަލު ކުރި ނަމަވެސް،، ބަދަލުނުކޮށް ހުރި ފޮތްތަކެއް ދޫކުރެވިފައި ވާތީ އެފޮތްތައް އަނބުރާ ސްކޫލަށް ނެގުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.