ސްކޫލް ކުދިންނަށް މުސްޙަފް ހަވާލުކުރުމުގެ ތެރެއިން ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހިންގާ ސްކޫލްތަކަށް އިސްލާމިކް މިނިސްޓްރީއިން މިއަދު 20،000 މުސްހަފު ހަދިޔާކޮށްފިއެވެ.

މުސްހަފު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުސްހަފުތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ.

މި މުސްހަފުތަކަކީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންކުރުމަށް ހަދިޔާކުރި މުސްހަފު ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން އަބަދުވެސް ދިވެހި ރައްޔިތުންނަށް އަންނަނީ މުސްހަފު ހަދިޔާކުރަމުންނެވެ. އެގޮތުން މިވަގުތުވެސް އިސްލާމިކް މިނިސްޓްރީން ޤުރުއާންގެ އިނގިރޭސި ތަރުޖަމާ އަދި ލިބޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.