ދަރުބާރުގޭ ފުރަގަހުގައި އޮންނަ އުސްފަސްގަނޑު ސަރަހައްދު ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ހިތްހަމަ ޖައްސާލެވޭނެ ތަނެއްގެ ގޮތުގައި ކަަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.
އެ ސަރަހައްދު މިހާރު ދަނީ ޗައިނާގެ ސީސީސީސީ ކުންފުންޏާއި ހަވާލުކޮށްގެން ސާފުކުރަމުންނެވެ.
ޕްލޭނިންގ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީއެމިނިސްޓްރީ އިން ވިސްނަމުން ދަނީ އެސަރަހައްދަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ހިތްހަމަ ޖައްސާލުމަށް ޒިޔާރަތް ކުރެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަމަށެވެ.
ސިނަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ކުރިޔަށް ދިޔައިރު އެ ސަރަހައްދު ބޭނުންކޮށްފައި ވަނީ ބުރިޖު އެޅުމުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ މުވައްޒަފުން ތިބުމަށެވެ.