މިދުވަސްވަރު އެންމެ ގިނައިން ދެކެވޭ އެއްވާހަކަ އަކީ ފުލުހުންގެ ޗެކްޕޯސްޓު ތަކުގެ މައުލޫމާތު ހިމެނޭ ވައިބަރ ކޮމިއުނިޓީ ގްރޫޕެއްގެ ވާހަކައެވެ. މިއީ ދާދި ފަހުން އަޅުގަނޑުގެ ރައްޓަސަކަށް ދިމާވި ހިތާމަވެރި ނަމަވެސް މަޖާ ހާދިސާއެކެވެ. އާދައިގެ މަތިން ބުރިޖު ހުރަސްކޮށް ހުޅުމާލެއަށް އަރަނީ މިހާރަކަށް އައިސް އެމްވީ ޗެކްޕޯސްޓު ގުރޫޕް ބަލާފަކަމަށް އެ ޒުވާނާ ބުނެއެވެ. 8:30 ގައި މާލެއިން ހުޅުމާލެއަށް އެރީ އެއްވެސް ޗެކްޕޯސްޓެއް ނެތް ކަމަށް ނުވަތަ ކްލިއަރ ކަމަށް އެގްރޫޕްގައި މީހަކު ބުނުމުން ކަމަށް އެ ޒުވާނާ ބުންޏެވެ. 

އާދައިގެ މަތިން ކޮފީއެއް ބޯލަން ވެގެން ޖައްސާލީ ބިޓު ގޮވައިގެން. ކޮފީ ބޯން އިންދަ ގްރޫޕް ބަލާލި އިރުގައި އޮތީ ބުރިޖު މަތީގައި ޗެކްޕޯސްޓު ޖަހާފައި އޮތް ކަމަށް. އެހެންވެ އަހަރެން ހިތަށް އެރީ ކްލިއަރ ވަންދެން ހުންނާނީ އޭ. ގާތްގަނޑަކަށް 12:30 ވާން ކައިރި ވެފައި ހުއްޓަ އަހަރެން އެ ގްރޫޕްގައި ޖެހިން ކްލިއަރ ތޯ؟ އިރުކޮޅެއް ފަހުން މީހަކު ރިޕްލައި ކުރި ކްލިއަރ ކަމަށް

އެ ޒުވާނާ އަށް ކުރިމަތިވި ޚާދިސާ ކިޔާދެމުން ބުންޏެވެ. 

އަވަސް އަރުވާލައިގެން މިޒުވާނާ ބާރުބާރަށް ގޮސް ބުރިޖަށް އަރަންދާންވެގެން ހައިވޭ އަށް އެރި އިރު ކަމަކު ދާކަށް ނެތެވެ. ހަތަރު ފަސް ފުލުހުން ތިއްބެވެ. އެ ޒުވާނާ ބެލީ ވަރަށް މަޑުޑަމުންދާށެވެ. އެކަމަކު ކަމަކު ދާކަށް ނެތެވެ. ފުލުހުން އައީ ސީދާ އެ ޒުވާނާ އާ ދިމާލާށެވެ. އަދި އޭނާ ހުއްޓުވާ ފާސްކޮށް ނިންމާފައި ކުރާނެ ޖޫރިމަނާއެެއްކޮށް ނިންމާފައި އެތަނުން އެއް ފުލުހަކު އެ ޒުވާނާ ކައިރީގައި ކަންފަތް ބުޑުގައި ބުންޏެވެ. "ބުރޯ ތީ މާފުށީ ކުއްޖެއް ދޯ. ވައިބަރ ޕްރޮފައިލް ޕިކްޗަރ އަކަށް ލައިގެން ތިއުޅެނީ ސައިކަލު ނަންބަރު ބޯޑެއްނު. އެ ޒުވާނާ އިނީ ބުނާނެ ބަހެއް ނޭގިފައެވެ. ތެދެކެެވެ. ވައިބަރ ޕްރޮފައިލް ޕިކްޗަރ އަކަށް ލެވިފައި އިނީ ޖީއެން މަތީގައި އިށީދެގެން އިން ފޮޓޯއެކެވެ. ސައިކަލު ނަންބަރު ބޯޑު އެހެރީ ފެންނާށެވެ. 

"ކީކޭ ދެން މަ ބުނާނީ. މަވެސް ހީނުކުރަން އެހާ ބޮޑަށް ފުލުހުން ބަލާނެ ކަމަށް." ހެމުންހެމުން އެ ޒުވާނާ ކިޔާދިނެވެ. އެމްވީ ޗެކްޕޯސްޓުގައި ބައެއް ފަހަރު ފުލުހުން ދަނީ ކްލިއަރ ނުވާ ތަންތަން ކްލިއަރ ކަމަށް ބުނެ ބައެއް މީހުން ހިފަހައްޓަމުންނެވެ. ޕްރޮފައިލްއަށް ފޮޓޯ ލައިގެން ހުރެ ފުލުހުންްނަށް ފިލައިގެން ދުއްވަން ކުރި މަސައްކަތް މިފަހަރު މިވަނީ ނާކާމިޔާބު ވެފައެވެ. ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން ހަދައިގެން މިއުޅޭ ގްރޫޕްގައި ކްލިއަރ ކަމަށް ކޮންމެ މީހަކުވެސް ޖަހާފާނެއެވެ. މިގްރޫޕް ވުޖޫދަށް އައި ފަހުން ފުލުހުންނަށް ގަވާއިދާ ހިލާފަށް ދުއްވާ މީހުން ދެނެގަންނަން ފަސޭހަ ވާނެއެވެ. އަދި އެ މައުލޫމާތު ފުލުހުންނަށް އެއްކުރެވޭނެއެވެ. އެ ސައިކަލު ތަކުގެ ނަންބަރުވެސް ހޯދޭނެއެވެ. މިއީ ވަރަށް ނުވިސްނޭ ބަޔަކު ކޮށްގެން އުޅޭ މޮޔަކަމެއް ކަން ޔަގީނެވެ. އަވަހަށް ލައިސަންސް އާ ކުރާށެވެ. ރޯޑް ވަރދިނަސް ދައްކާށެވެ. އަހަރީ ފީ ދައްކާށެވެ. ސްޓިކަރ ނުޖަހާނެ ތަންތަނުގައި ޕާކު ކުރާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *