ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ބަރުލީނުގެ، ޢަބްދުﷲ ޝަފީޤް (37އ) ކަމަށެވެ.
ފުލުހުން ވިދާޅުވީ ޢަބްދުﷲ ޝަފީޤް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން ކަމަށެވެ.
ޢަބްދުﷲ ޝަފީޤްގެ މައްޗަށް ތުހުމަތު ކުރެވޭ ވައްކަމުގެ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.