ފަރަށް އެރި ދޯންޏަކުން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ތިން މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ "ޓީޓީއެސް ފާނަ" ނަމަކަށް ކިޔާ ދޯނީގެ ކެޕްޓަން ކަމަށެވެ.
އެ ދޯނި ފަރަށް އެރީ ކ.އަތޮޅު ކާގި ކައިރިއަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނީގެ ކެޕްޓަން ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްރޮމް އިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށާއި، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 08:09 ގައި ކަމަށެވެ.