ރޭ ފަތިހު ކ.އަތޮޅު ތުލުސްދޫ ކައިރީގައި އޮއްވާ އަލިފާން ރޯވި ޔޮޓް ދެންމެ އަޑިއަށް ހިނގައްޖެއެވެ.

ޔޮޓް އަޑިއަށް ދިޔައީ އޭގައި ރޯވި އަލިފާން ނިއްވާލަން ސިފައިން ހަތަރު ވަރަކަށް ގަޑިއިރު ވަންދެން ކުރި މަސައްކަތުން ވެސް އަލިފާން އެއްކޮށް ނިއްވައި ނުލެވިގެން އުޅެނިކޮށް 09:30 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ އޮސްޓްރޭލިއާގެ ސަފާރީއެއްގައި ކަމަށެވެ.

އަދި ޔޮޓެއްގައި ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ފަތިހު 05:42 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

"މި ޔޮޓްގައި ތިބީ ތިން މީހުން. އެމީހުން ވަނީ އެހެން ސަފާރީއަކަށް ނަގާފައި." އެމްއެންޑީއެފުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.