ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރި ކަމުގެ ދައުވާ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް އުފުލައިފިއެވެ.

މަލްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އަކުން މަލް އާއި އިތުރު 11 މީހަކު ހައްޔަރު ކުރުމަށް ފަހު ކުޑަކަމުދާ ތަކެތި ދޭން އެންގުމުން ކުޑަކަމުދާ ތަކެތި ނުދިނުމުންނެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އެއްގައި ބަނގުރާ ބޯންތިބި ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި އަންހެނެއްގެ މައްޗަށް ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

ކުޑަކަމުދާ ތަކެތި ދޭން މަލް އިންކާރު ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު އެއީ އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނަ ކުށެކެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.