މިދިޔަ އަހަރު ބޭންކް ޕްރޮފިޓް ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރު ވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ލިބިފައި ވަނީ 564 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި އަދަދު ވަނީ 613 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ބޭންކް ޕްރޮފިޓް ޓެކްސް އިތުރު ވެގެން ގޮސްފައި ވަނީ އަހަރުގެ ފަހުކޮޅު އިމާރާތް ކުރުމުގެ ދާއިރާ އަށް ދޫކުރި ލޯނުގެ އަދަދު އިތުރުވަމުން ދިއުމުންކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެއެވެ.
ރާއްޖޭގައި މިހާރު ހަތް ބޭންކެއްގެ ހިންގާއިރު، ރާއްޖޭގެ މަޝްރޫއު ތަކަށް އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ދޭ އެއް ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.