އެމެރިކާގެ އެއްވެސް ރައްޔިތަކަށް، އަދި އެމެރިކާގެ ބާރު ހިނގާ އެއްވެސް މުދަލަކަށް އީރާނުން ހަމަލާއެއް ދީފިނަމަ ރައްދުގައި އީރާންގެ 52 ތަނަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
ޓްރަމްޕް މި އިންޒާރު ދީފައި ވަނީ ރޭ ކުރި ޓްވީޓެއްގައެވެ. އެގޮތުން އެދ ޓްވީޓުގައި ޓްރަމްޕް ބުނީ، އެމެރިކާއިން ހަމަލާއެއް ދޭނަމަ އެހަމަލާ ދޭނެ ތަންތަނުގެ ތެރޭގައި އީރާނަށް މުހިންމު ތަންތަން ހިމެނޭ ކަމަށެވެ. އަދި އީރާނުން ހަމަލާއެއް ދީފިނަމަ ރައްދު ހަމަލާ އަވަސްވެފައި ވަރުގަދަވާނެ ކަމަށްވެސް ޓްރަމްޕް ބުނެއެވެ.
"އަހަރެމެންގެ އަމާޒަކަށް ވާނީ އީރާންގެ 52 ތަނެއް. ބައެއް ތަންތަނަކީ އީރާންގެ ވަރަށް މުހިއްމު ތަންތަން. އަދި އަދި އީރާންގެ ސަގާފީ މުހިއްމު ތަންތަން." ޓްރަމްޕް ބުންޏެވެ.
ޓްރަމްޕްގެ ޓްވީޓްގައި 52 ތަނެއް ކަމަށް ބުނެފައި އެވަނީ 1979 ވަނަ އަހަރު އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ އެމެރިކާގެ އެމްބަސީގައި އެމެރިކާގެ 52 މީހުން މަރާލާފައި ވާތީ އެކަމަށް އިޝާރާތް ކޮށެވެ.
އީރާނާއި އެމެރިކާގެ ދެމެދުގައި ހަނގުރާމައިގެ ހުޅުކޮޅު ރޯވެފައި މިވަނީ ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން ބަޣުދާދުގައި، ސީރިއާގެ އަސްކަރީ ޖެނެރަލް ޣައްސާން ސުލައިމާން އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.