ދެގައުމަށް ފައިދާ ހުރި މަޝްރޫޢުތަކެއް ޗައިނާ އާއި އެކު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ފޮރިންގ މިނިސްޓަރ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ލޮލުގެ ފަރުވާދޭ މަރުކަޒާއި ބެހޭ މައުލޫމާތު ރާއްޖެއަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

އެގޮތުން އެ ޓްވީޓުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ،  ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ލޮލުގެ ފަރުވާދޭ މަރުކަޒަކީ އަނެއްކާވެސް ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ޝުކުރިއްޔާ ސަފީރު ޒަންގް ލިޒޮންގް. މިއީ އަނެއްކާވެސް ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް. އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރު ޗައިނަ އާއި އެކު ދެގައުމަށް ފައިދާ ހުރި އިތުރު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް." ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ލޮލުގެ ޑޮކްޓަރެއްގެ ގޮތުގައި ހުޅުމާލޭގައި މަސައްކަތް ކުރައްވަން ފައްޓަވާނެ ޗައިނާގެ ޗެން ވިއޮރިންގްއަށް ވެސް މަރުޙަބާ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *