ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙާއި އަނބިކަނބަލުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، ރޭ މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސް ލަންކާއަށް ކުރެއްވި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ރައީސް ސާލިހު ސްރީލަންކާއަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގައެވެ.
އެމަނިކުފާނުގެ އެ ދަތުރުފުޅާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް ޞާލިހުގެ އާއިލީ ބައެއް ބޭފުޅުން އެގައުމުގައި ދިރިއުޅުއްވައެވެ.