ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫއާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އެ ދެމަފިރިން ރާއްޖެ އައިސްފައިވަނީ އާ އަހަރާއި ދިމާކޮށެވެ. ނަމަވެސް އެ ދެމެފިރިން ޗުއްޓީ ހޭދަކުރަކުންދަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. މީގެ ކުރިންވެސް އެދެމެފިރިން ރާއްޖެއަށް އައިސްފައިވެ އެވެ.
ބިޕާޝާއާއި ކަރަން 2016 ވަނަ އަހަރު ކައިވެނި ކުރިއިރު، އެ ދެތަރިން ހަނީމޫން ހޭދަކުރީވެސް ރާއްޖޭގައެވެ.
ރާއްޖޭގައި ނަގާފައިވާ ގިނަ ފޮޓީތައް ބިޕާޝާ ދަނީ މީސް މީޑިޔާގައި ހިއްސާކުރަމުންނެވެ. ބިޕާޝާ ރާއްޖެ ސިފަކޮށްފައިވަނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ މަޝްހޫރު ތަރިންގެ މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ.