ދުނިޔޭގެ އެންމެ ބޮޑު މާ، އިންޑޮނޭޝިއާގެ ޖަންގަލީގައި ފޮޅިއްޖެއެވެ.

ރެފްލީޝިޔާ އާއިލާ އަށް ނިސްބަތްވާ، 46 އިންޗީގެ (117 ސެންޓިމީޓަރ) މި ބޮޑު މާ ފޮޅިފައިވަނީ، އިންޑޮނީޝިޔާގ ހުޅަނގު ސުމަޓްރާގެ އަވަށެއްގެ ޖަންގައްޔެއްގައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި މިއީ ފޮޅެން ތައްޔާރުވެފައިވާ 5 މަލުގެ ތެރެއިން ފުރަތަމަ މަލެވެ. 

ރެފްލީޝިޔާ އާއިލާއަކީ އެންމެ ބޮޑެތި މާ އާއިލާ ކަމަށް ވިޔަސް، މިފަހަރު މިފޮޅުން މަލަކީ މި އާއިލާގެ 31 ވައްތަރުގެ ތެރެއިންވެސް މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޮޑުމަލެވެ. މި މާ މަޝްހޫރު ވެފައިވަނީ މަލުގެ ސައިޒުގެ އިތުރުން މަލުން ދުވާ ނުބައި ވަހުގެ ސަބަބުންނެވެ.

2017 ވަނަ އަހަރު ހަމަ މީގެ އެހެން މަލެއް ފޮޅުން އިރު އެ މަލުގެ ވަށަމިނުގައި ހުރީ 107 ސެންޓިމީޓަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *