މިދިޔަ ބުރާސްފަތި ދުވަހު ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި ހާދިސާގައި ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، އޭނާގެ މޫނުގެ ކަށިގަނޑެއް ބިންދައިގެންގޮސް ލޯ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އޭނާ އަށް ފަރުވާ ދީފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލުގައި ކަމަށާއި، ހާލު ސީރިއަސް ވުމުގެ ސަބަބުން މިހާރު އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގައި އެކްސިޑްނޓްވި ޑިންގީގައި ތިބި ދެމީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ލޯންޗުގެ ކައްޕިގެ ހާލު ސީރިއަސްވެ މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށެވެ.
ބ.އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައި ވަނީ އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ.