ރިޔާސީ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއްދީގެން ބަލަމުން ދަނީ އަހުމަދު ރިލްވާން، ޑރ. އަފްރާޝީމް އަލީގެ އިތުރުން ޔާމިން ރަޝީދުގެ މައްސަލަ

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ މީހުންގެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފި އެވެ.

ކޮމިޝަނަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް، އަހަރެއްހާ ދުވަސް ފަހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ، ބަލަމުންދާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ބައެއް މީހުންގެ ޕާސްޕޯޓް ތައް ހިފަހައްޓައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާ ކަަމަށެވެ.

ކޮމިޝަނުން ބަލަމުންދާ އެކި އެކި މައްސަލަތަކާއި ގުޅިގެން 11 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި.

ނަމަވެސް ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލާގައި ކިތައް މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވޭތޯ ނޫސްވެރިޔަކު ސުވާލުކުުރުމުން މިސްބާހު ވިދާޅުވީ ފަހުން އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަަށެވެ.

އޭނާ ވިދާޅުވީ، ބަލަމުންގެންދާ 27 މައްސަލައިގެ ތެރެއިން ގިނަ މައްސަލަތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ.

ރިލްވާން މައްސަލައާއި ޔާމީން ރަޝީދު މައްސަލައިގައިވެސް ގޮތެއް ނިންމިގެނޭ ޕީޖީން މިހާރު ހުރި ކަންތައްތަކަށް އެޑްރެސް ކުރެވޭނީ. އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ

ރިޔާސީ ކޮމިޝަންގެ މަސައްކަތް ލަސްވުމާއި ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ގިނަ މައްސަލަތަކަކީ ކޮމިޝަނާ ހަމަޔަށް އައިއިރު ގިނަ ދުވަސްތަކެއް ފާއިތުވެފައިވާ މައްސަލަތަކެއް ކަމަށެވެ.

މިސާލަކަށް ޑރ. އަފްރާޝީމްގެ އަލީގެ މައްސަލަ ރިލްވާންގެ މައްސަލަ. ދެން ޔާމީން ރަޝީދުގެ މައްސަލަ އަކީ ވަރަށް ރީސެންޓް މައްސަލައެއް ވީމަ. އެ މައްސަލައިގެ (ޔާމީން ރަޝީދު) ގެ މައްސަލައިގެ ޝަރީޔަތް ކުރިޔަށް އެބަދޭ. އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތް ވަރަށް ބޮޑަށް ލިމިޓްވެފައި ހުރީ އެ މައްސަލާގައި.

ކޮންމެ މައްސަލައަކީވެސް އެ މައްސަލައިގެ ޒާތުން ވަރަށް ބޮޑެތި ޗެލެންޖްތައް ހުރި މައްސަލަތަކެއްކަން އޭނާ ހާމަކުރެއްވި އެވެ.

އެ ޕްރެސްކޮންފަރެންސް ގައި ކޮމިޝަންގެ މަސައްކަތްތަކުގެ ތަފްސީލު ހޯދަން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް މިސްބާހު އަށް އަމާޒުވި ނަމަވެސް ޕްރެސް ނިންމާލަން ޖެހުނީ އެންމެ އެކަށީގެންވާ ޖަވާބު ނުލިބި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.