މިދިޔަ ޑިސެމްބަރު މަހު ޝެވަލް ބްލަންކް ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި 29348.59 ރުފިޔާ (1903.28 އެމެރިކާ ޑޮލަރު) ދީފި އެވެ.
ޑިސެމްބަރ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނީ ރަންދެލިގެ މުވައްޒަފުންނަށެވެ. މިދިޔަ ޑިސެމްބަރ މަހު އެ ރިސޯޓް ދިން ސާވިސް ޗާޖަރަކީ ފާއިތުވި ދެއަހަރު ޑިސެމްބަރ މަހު ދިން ސާވިސް ޗާޖަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ޝެވަލް ބްލަންކް ރަންދެލީގެ އިތުރުން ބައެއް އިތުރު ރިސޯޓުތަކުންވެސް ވަނީ ބޮޑު ސާވިސް ޗާޖެއް މުވައްޒަފުންނަށް ދީފައެވެ.
އެގޮތުން ވޮއްމުލި ރިސޯޓުން ސާވިސްޗާޖުގެ ގޮތުގައި 14,628.49 ރުފިޔާ (948.67 ޑޮލަރު) ދީފައިވާއިރު ވެލާ ޕްރައިވެޓް އައިލެންޑް އިން ސާވިސްޗާޖުގެ ގޮތުގައި 14,368.97 ރުފިޔާ (931.84 ޑޮލަރު) ދިނެވެ. ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 13,893.42 ރުފިޔާ ( 901.00 ޑޮލަރު) ދީފަ އެވެ. ޖުމެއިރާ ވިޓަވެލިން ވެސް 13,606.92 ރުފިޔާ (882.42 ޑޮލަރު) ދީފައި ވެއެވެ.
މިދިޔަ މަހު ސާވިސް ޗާޖްގެ ގޮތުގައި ދިހަ ހާސް ރުފިޔާއަށްވުރެ މަތިން17 ރިސޯޓަކުން ދީފައި ވެއެވެ.