މާސްކު ނާޅާ ބޭރުގައި އުޅޭފަރާތްތައް ފުލުހުން ދަނީ ޖޫރިމަނާކުރަމުން ފޮޓޯ: ސަން އޮންލައިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާއި ޚިލާފަށް ފާއިތުވި ހަފްތާއެއްހާ ދުވަހު މާސްކު ނާޅާ ބޭރުގައި އުޅުނު މީހުންގެ ޖޫރިމަނާގެ ގޮތުގައި ދައުލަށް ލިބުނު ފައިސާގެ އަދަދު މިލިއަނަކަށްވުރެ އަރައިފިއެވެ.

ފުލުހުން މިއަދު އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހުގެ 31 އިން ފެށިގެން މިހިނގާ ފެބްރުއަރީ މަހުގެ 7 ގެ ނިޔަލަށް މާސްކު ނާޅާ ބޭރުގައި އުޅުމުން ޖޫރިމަނާ ކުރި މީހުންގެ އަދަދަކީ 1551 އެވެ.

މާސްކު ނާޅާ އުޅޭނަމަ ޖޫރިމަނާ ކުރާ އަދަދަކީ 1،000 ރުފިޔާ އެވެ.

މީގެ އިތުރުން އެމުއްދަތުގައި ކާފިއު ގަޑީގައި ބޭރުގައި އުޅުމުން 988 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން 271 އުޅަނދެއް ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކެއްގެ ގޮތުން ރާއްޖޭގެ މިމަހުގެ ހަތަކުން ފެށިގެން ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ މަޖުބޫރު ކޮށްފައެވެ. މާލޭގެ އިތުރުން ރަށްރަށުގައިވެސް މާސްކު ނާޅާ އުޅޭނަމަ 1000ރ. އިން  ޖޫރިަމަނާކުރާނެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ގެނައި ބަދަލާއެކު މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ދެ ހަފްތާ އަށް ގްރޭޓަރ މާލެ ސަރަހައްދުގައި ރޭގަނޑު11 އިން ފަތިހު 4:30 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ.

މީގެ އިތުރުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.