ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތަކާއި ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމް އަށް އައްޔަނުކުރުމަށް މަޖިލީހަށް 11 ނަމެއް ފޮނުއްވާފައިވެއެވެ. މި ހުރިހާ ބޭފުޅުންނާއި އިންޓަރވިއުކޮށް، ރިޕޯޓު އެކުލަވާލާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
އެއީ:
- މުހައްމަދު ފަޒީން
- ޝިފްޒާ މުސްތަފާ
- ޝިފާ ތައުފީގް
- އަލީ މުހައްމަދު މަނިކު
- އަހުމަދު މޫސާ
- ޒުބެއިރު އަހުމަދު މަނިކު
- ހަސަން ރަޝީދު
- އައިޝަތު ހުސެއިން މަނިކު
- މުހައްމަދު ޝާމިހު
- ހުސެއިން އަމްރު
- އިމްރާނާ ބިންތި އިބްދުﷲ
މަޖިލީހުން ބުނީ މި ފަރާތްތަކާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށައަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަންބަރާއި އެކު އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އަށް ފޮނުވުމަށެވެ.