13 ގައުމަކަށް 8 ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައީސް ފޮނުއްވި ސިޓީގައި ވަނީ ބޭރު ގައުމުތަކަށް 8 ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދުމަށްފަހު، ނިންމާ ގޮތެއް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހަށް ފޮނުއްވި ނަންތައް:
- ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް، ޔޫކްރެއިންއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރު ކަމަށް
- އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް، ރިޕްބަލިކް އޮފް އަޒަރްބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރު ކަމަށް
- ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާގު، އޮސްޓްރޭލިއާ އަދި ރިޕަބްލިކް އޮފް ސައުތް އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރު ކަމަށް
- ސައުދީ އަރައްބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް، ސްޓޭޓް އޮފް ފަލަސްތީނަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރު ކަމަށް
- ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހު، ކިންގްޑަމް އޮފް ކެމްބޯޑިއާ, ސޯޝިއަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް އަދި ލާއޯ ޕީޕަލްސް ޑިމޮކްރަޓިކް ރިޕަބްލިކަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރު ކަމަށް
- ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހްމަދު, އިޓަލީ، ޓަރކީ އަދި ރިޕަބްލިކް އޮފް އޮސްޓްރިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރު ކަމަށް
- އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އައިމިނަތު ޝަބީނާ، ރިޕަބްލިކް އޮފް އިޖިޕްޓަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރު ކަމަށް
- ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް، ނިއުޒިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން-ރެޒިޑެންޓް ސަފީރު ކަމަށް