ބ. ދޮންފަނާއި ބ. ހަނިފަރާއި ދެމެދު ދަތުރު ކުރަމުން ދިޔަ ދޯންޏަކާއި ޑިންގީއެއް އެކްސިޑެންޓުވެ ޑިންގީގައި އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ،އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު މިރޭ 19:06 ގައި ލިބިފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ ދިވެއްސެއް ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުވެގެން އުޅެނީ ބ. ދަރަވަންދޫއިން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ.
ގެއްލިގެން އުޅެނީ ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުންޏެވެ. އަނެއް ތިން މީހުން ލޯންޗަށް އަރުވާފައިވާ ކަމަށާއި، އެކްސިޑެންޓުވި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.