Maru Commission Fareesha
މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ -- ފޮޓޯ: ރައީސް އޮފީސް

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާން ނިންމައިފިއެވެ.

ކޮމިޝަނުން ބުނީ ޕްރެސް އޮންނާނީ މެންދުރު 13:00 ގައެވެ.

އެނިގަފައިވާ ގޮތުން މިއަދުގެ ޕްރެސް ގައި މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރާނެ އެވެ. އެގޮތުން ގިނަ މައްސަލަތަކަށް އިތުރު އަލިމަގެއް ފެނިފައިވާކަމުގެ މައުލޫމާތު ލިބެއެވެ.

މަރު ކޮމިޝަނުން ޕްރެސް އެއް މި ބާއްވަނީ އަހަރެއްހާ ދުވަސް ފަހުންނެވެ. އެންމެ ފަހުން ޕްރެސްއެއް ބާއްވާފައިވަނީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުސްނުއް ސޫދު ހުންނެވިއިރުއެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސޫއުދު އައްޔަން ކުރެއްވުމާއި އެކު ކޮމިޝަންގެ އަޑު މުޅިންހެން ކެނޑިގެން ދިޔައެވެ.

ސުއޫދުގެ ބަދަލުގައި ކޮމިޝަންގެ ރައީސް ކަމަށް ވަނީ ފަރީޝާ އަބްދުﷲ އައްޔަންކޮށްފައެވެ. ފަރީޝާގެ އިތުރުން މަރު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ދެ ބޭފުޅުންނެވެ. އެއީ މއ. ގޯލްޑަންމޫން، އަހްމަދު ނާޝިދު އަދި ގދ ރަތަފަންދޫ، ބަހާރީވިލާ، މިސްބާހު އައްބާސްއެވެ.

ރައީސްގެ ހާއްސަ ގަރާރަކުން މަރުކޮމިޝަން އެކުލަވާލެއްވީ 17 ނޮވެމްބަރު 2018 ވަނަ ދުވަހުއެވެ. މިއީ، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްޓަކައި އެކުލަވާލެއްވި ކޮމިޝަނެކެވެ.

މި ކޮމިޝަނުން ބަލަންޖެހޭ ކަމަށް ފެންނަ މައްސަލަތައް އާންމުންނަށްވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މިއީ ތަހުގީގުކުރެވޭ މައްސަލަތަކާއި ގުޅިގެން ތަހުގީގު އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމައި، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިގެންވާ އެންމެހާ ބާރުތަކެއް ލިބިގެން އެކުލަވާލެވިފައިވާ ކޮމިޝަނެކެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.