ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އަދި ރ. މަޑުއްވަރީގެ މުއައްސަސާތައް ގުޅިގެން މަޑުއްވަރީގައި ދީނީ ދަރުސް ދިނުމާއި ދީނީ ނަސޭހަތް ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މިދިޔަ މަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން ވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފައެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް މަޑުއްވަރީގައި ދަރުސް ދިނުމާއި ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައިވާއިރު،. އެރަށުގައި ދީނީ ނަސޭހަތާއި ދަރުސް  ދެއްވާނީ އައްޝެއިޚް ނަސްރުﷲ އަލީ އާއި އައްޝެއިޚް ހުސައިން އަބްދުﷲ ސައީދު އަދި އައްޝެއިޚް އަހްމަދު ފަހުމީ ދީދީއެވެ.

މަޑުއްވަރީގައި ކުރިއަށްގެންދާ އެ ދަރުސްތައް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް އުލާ އާއި މަސްތިޖުލް އަމާންގެ އިތުރުން އެ ރަށު ބޯޅަދަނޑުގައެވެ.

ދަރުސްތައް ދިނުމަށް ހަމަޖެހިފައިވަނީ އެކި މައުޟޫއުތަކަށެވެ. އެގޮތުން ދަރުސްތައް ދޭ މައުޟޫތަކަކީ:

  •  ދުނިޔެއަށް ފޮނުވުނު މަގުސަދު
  •  ހަޔާތުގެ ދައުރު،
  •  ނަމާދު،
  •  ދަރިން ތަރުބިއްޔަތު ކުރުން،
  •  ދުލުގެ އާފަތްތައް، 
  • ހިލާފީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް
  •  މުންކަރާތްތަކުން ދުރުހެލިވު

އެ ދަރުސްގައި އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ހަމަޖެހިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.