މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 50 އަހަރާއި 55 އަހަރާ ދެމެދު އުމުރު ފުރައިގެ މީހުންނަށް ވެކްސިން ޖަހަން ފަށައިފި އެވެ.

މި އުމުރު ފުރައިގެ މީހުންނަށް ވެކްސިން ޖެހުން ކުރިޔަށް ދަނީ މާލޭ ސޯޝަލް ސެންޓަރުގައި 9:00 އިން 17:00 ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި 9:00 އިން 17:00 ގެ އަދި ވިލިމާލޭ ޔޫތް ސެންޓަރުގައި 9:00 އިން 13:00 އަށެވެ.

އެޗްޕީއޭ އިން ރޭ ބުނީ، ވެކްސިން ޖަހަން ހަމަޖެހިފައިވަނީ ހަކުރު ބަލި ހުންނަ މީހުންނާއި، ހިތުގެ ބަލިތައް ހުންނަ މީހުންނާއި ސްޓްރޯކް ޖެހުންފަދަ ބައްޔެއްގައި އުޅޭ މީހުން އަދި ކިޑްނީ ބަލިތަކުގެ ބަލިމީހުންނަށް ކަމަށެވެ.

ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުންނާއި، ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަހައްމަލުކުރަމުންދާ މީހުން އަދި އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުންގެ އިތުރުން ތެލެސީމިއާ އެނީމިއާ ފަދަ ބަލި ހުންނަ މީހުންނަސްވެސް ވެކްސިން ޖަހަން ވަނީ ހަމަޖެހިފައެވެ،

ވެކްސިން ޖަހަން ދާއިރު ދޫ ހެދުމެއް ލައިގެން ދިޔުމަށާއި، ރަނގަޅަށް ކައިގެން ދިޔުމަށް އެޗްޕީއޭއިން އެދެއެވެ.

މިހާތަނަށް ރާއްޖެއިން 12,934 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލޭ ސަރަހައްދުން 10،626 މީހުން އަދި އަތޮޅު ތެރެއިން 2308 މީހުންނެވެ.

މިހާރު ޖަހަމުންދާ ވެކްސިނަކީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ކޮވީޝީލްޑް ވެކްސިނެވެ. އިންޑިއާއިން ވަނީ ކޮވީޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެ އަށް ހަދިޔާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.