އާ ސީޕްލޭން ޓަރމިނަލް އާއި ވީ.ވީ.އައި.ޕީ އިމާރާތް ހިންގާ ބަލަހައްޓާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ އިން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އައު ސީޕްލޭން ޓަރމިނަލް އާއި ވީ.އައި.ޕީ އިމާރާތް ހިންގާ ބަލަހައްޓާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީން ކަމަށާއި އެހެންނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާރމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށެވެ.

އަދި އެމް.އޭ.ސީ.އެލް. އާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާރމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އައު ސީޕްލޭން ޓާރމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައި ނުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހެދިފައިވާ އައު ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއާރޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސައްބީސް މިލިއަން ޑޮލަރު ޚަރަދު ކުރެވިގެން އިމާރާތް ކުރެވުނު މި ސީޕްލޭން ޓާރމިނަލް އަކީ ޒަމާނާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ އިމާރާތެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ (އެމް.އޭ.ސީ.އެލް.)އިން ބުނެފައިވަނީ މި އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށް ގަސްތު ކޮށްފައި ވަނީ 2020 ގެ ދެވަނަ ކުއާރޓަރގައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *