ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާކުރުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ބޭނުންވެލައްވާ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ނުދިން މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުއްވައިފިއެވެ.

ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާކުރުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުމުން މުއައްސަސާތަކާއެކު މުރާޖައާކުރުމަށްފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގެ ތަހުގީގު ކުރުމަށްފަހު އެންމެ ފުރަތަމަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނުގެ އިތުރުން، މައްސަލައިގައި ހިމެނޭ އިތުރު 10 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ދައުވާ ކުރުމަށް ފޮނުވި އެއްވެސް މީހެއްގެ މައްޗަށް ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަމަށް ބުނެ، ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި މައްސަލަ ފޮނުވީ އެކަށީގެންވާ ހެއްކާއި ގަރީނާތަކާ އެކުގައި ކަމަށް ބުނެ އޭސީސީން ވަނީ ޕީޖީގެ މައްސަލަ ރިވިއުކޮށްދޭން އެދިފަ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަ ބަލާ، ހޯދަން ޖެހޭ އިތުރު މައުލޫމާތު ހޯދުމަށްފަހު ޕީޖީގެ ނިންމުން އަލުން މުރާޖާކޮށްދިނުމަށް އެދި ލަފާއެރުވުމަށް ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފާސްކުރިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން  ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހަށް ޕީޖީން ހުށައެޅުމުން އެ އިދާރާތަކުން މިއަދާ ހަމަޔަށްވެސް އެ މައުލޫމާތު ފޯރުކޮށްދީފައިނުވާކަމަށެވެ. އެހެންކަމުން ޕީޖީއަށް މައުލޫމާތު ނުދެއްވި ސަބަބު ސާފުކުރުމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަދި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކޮމިޓީއަށް ހާޒިރުކުރުމަށް އެދިވަޑައިގެންނެވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް 1 ފެބްރުއަރީގައި ވިދާޅުވެފައިމިވަނީ މި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންޓި ކޮރަޕްޝަން ކޮކމިޝަނާއި ޕޮލިސް އޮފީހަށް ލިޔުމުން 9 ނޮވެމްބަރު 2020 ސިޓީއިން ދަންނަވާފައިވާ ކަމަށް މައުލޫމާތު ހޯދަން. މިއަދާ ހަމަޔަށްވެސް އެސީސީންނާއި ފުލުހުންގެ އޮފީހުންވެސް ޕީޖީ ބޭނުންވެވަޑައިގެންނަވާ މައުލޫމާތު ފޮނުއްވާފައިނުވާކަމަށް

'ޖަޒީރާ' އަށް 31 ޖެނުއަރީގައި މައުލޫމާތު ދެއްވަމުން މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑީއާ އޮފިޝަލް ހަސަން މަނިކް ވިދާޅުވީ މި މައްސަލަ އަލުން ރިވިއުކުރުމަށްފަހު، ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ ޕީޖީ އޮފީހަށް މި މައްސަލަ ފޮނުވާފައިވަނީ ޕީޖީ ފާހަގަކުރެއްވި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު އެ ކަންކަން އިތުރަށް ބެލުމަށްފަހު ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *