މީގެ ކުރިން އިދިކޮޅުން ބޭއްވި މުޒަހަރާއެއްގައި ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމިއޮންނަން މާގިނަ ދުވަސްތަކެއް ނެތް ކަމަށާއި، ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ސަފުތައް ފޫއަޅުވާލީ ކަމުގެ ތުހުމަތުގައި ޝުޖާއު ވަނީ އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

ފުލުސް އޮފީހުން ނިކުމެ ވަޑައިގެން މީޑިއާތަކާއި ވާހަކަ ދައްކަވަމުން އިދިކޮޅުގެ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި އުޅުއްވާ ޝުޖާއު ވިދާޅުވީ، ފުލުހުންކުރާ ތުހުމަތަކީ އެއްވެސް ތާކުންތާކު ނުޖެހޭ ތުހުމަތުތަކެއް ކަމަށާއި، އިދިކޮޅު ކުރަމުންދާ މަސައްކަތަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ސަރުކާރު ޒިންމާދާރު ކުރުމުގެ މަގްސަދުގައި ހިންގާ ހަރަކާތްތައް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ގޮތުގައި މުޒާހަރާތަކުގެ ތެރެއިން ލީޑާޝިޕްގެ ބޭފުޅުން ފުލުހަށް ހާޒިރުކުރަނީ އިދިކޮޅުގެ އަޑުކަނޑުވާލަށެވެ. އެކަމަކު ފަހަތަށް ނުޖެހި ރައީސް އަބްދުﷲ ޔާމިން މިނިވަންކޮށްފައި ނޫނީ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ޝުޖާއު ވަނީ ސަޕޯޓަރުންނަށް ދެއްވާފައެވެ.

އަޅުގަނޑު ގަބޫލްކުރާ ގޮތުން މި ސަރުކާރަށް މާގިނަ ދުވަހެއް ނެތް. އެހެންވީމާ ކަމަށްވެދާނެ. ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ވަޑައިގަންނަވާއިރު ގަހެއް ތެޅިލިޔަސް ހީވަނީ ވެއްޓެނީއޭ.

އިދިކޮޅުން ކުރިި މުޒާހަރާއާ ގުޅިގެން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދުރޭ ހާޒިރުކުރީ، ފުލުހުން ބަންދުކޮށްފައި އޮތް ތަނަކަށް ވަނުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ އިތުރުން ދަތުރުފަތުރުކުރަން އުނދަގޫވާ ގޮތަށް މަގު ބަންދުކޮށްގެން އިށީނދެ އިނދެ އަޑުގަދަކުރުމުގެ ތުހުމަތުގައެވެ.

އަދުރޭ ވަނީ އެ ތުހުމަތްތައް ދޮގުކޮށްފައެވެ. އެކަމަކު އެތަނުގައު އިށީނދެގެން އިނީ ކަކުލުގައި ރިއްސާތީ ކަމަށް އަދުރޭ ވަނީ އޭނާ ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *