ރޭ ގއ. މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމާލާދީ ކުޑަ ކުއްޖަކު މަރާލި މައްސަލާގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މަރާލާފައިވަނީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އެވެ.

ގއ. ވިލިގިލި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އެ މާރާމާރީގައި އަނިޔާވި 21 އަހަރުގެ ޒުވާނަކަށް ދަނީ ތިނަދޫ ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިޔަސް އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.

ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިއަދު ހެނދުނުގެ ވަގުތެއްގައި މައްސަލައިގެ ތަހުގީގަށް އެ ރަށަށް ދާނެކަމަށެވެ. މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.