އާއަހަރު ފާހަގަ ކުރުމަށް ހިންގާފައިވާ އެކި އެކި ޖިނާއީ ކުއްތަކާއި ގުޅިގެން 110 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިކަން ހާމަކޮށްފައި ވަނީ އާއަހަރާއި ދިމާކޮށް ސިޓީ އަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަން މައުލޫމާތު ހާމަކުރަމުންނެވެ.
ފުލުހުން ވިދާޅުވެފައި ވަނީ މީގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޮއިގެން މަގުމައްޗަށް ނުކުމެ ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
މާލޭގައި ފުލުހުން އޮޕަރޭޝަން ހިންގާފައި ވަނީ "ރިވެލި"ގެ ނަމުގައެވެ. މި އޮޕަރޭޝަން ތަކުގެ އިތުރުންވެސް ފުލުހުން ވަނީ އާ އަހަރާއި ދިމާކޮށް އަތޮޅުތެރޭގެ އެކި ރަށްރަށުގައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ.