ރާއްޖޭގެ ކުރީގެ ރައީސް، އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު އައިޖީއެމްއެޗުން ފަރުވާ ހޯއްދެވުމަށްފަހުގެ މިއަދު ގެއައް ދޫކޮއްލައްވައިފިއެވެ.
ރައީސް މައުމޫނު އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ މީގެ ތިން ދުވަސް ކުރިންނެވެ.
ރައީސް މައުމޫނު އެޑްމިޓްކުރީ ރޯގާ ދިގުލާތީ ޓެސްޓްތައް ހެދުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ﷲގެ ހެޔޮ ރަހުމަތްފުޅާއެކު، ރޮގާއިން ރަނގަޅުވެ ހޮސްޕިޓަލުން ގެއައް ބަދަލުވެވިއްޖެ ކަމަށެވެ. އަދި މިފުރުސަތުގައި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އައިޖީއެމްއެޗްގެ މެނޭޖްމެންޓުން ކުރެއްވި މަސައްކަތައް ޝުކުރު ދަންނަވާކަމަށެވެ.