ގއ. މާމެންދޫގައި ކުއްޖަކު މަރާލި މައްސަލަ ތަހުޤީޤްކުރުމަށް ހާއްސަ ޓީމެއް ހެނދުނު އެ ރަށަށް ދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ގއ. މާމެންދޫގައި ހިންގި މާރާމާރިއެއްގައި މަރާލާފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އޭގެއިތުރުން އިތުރު ބަޔަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އެ މައްސަލާގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މައްސަލައިގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ހެނދުނުގެ ވަގުތެއްގައި މައްސަލައިގެ ތަހުޤީޤަށް އެ ރަށަށް ދާނެކަމަށް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވަނީ މާމެންދޫގެ ރައްޔިތުން ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.