ރާއްޖޭގެ ރަށްތަކުގައި ތަރައްގީކޮށްފައިވާ ގިނަ އެއާޕޯޓުތައް މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓިވީގެ "ފަސް މަންޒަރު" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެއާޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތަށް ނުހުޅުވެނީ ދިމާވާ ބައެއް ކަހަލަ ދަތިތަކުން ކަމަށެވެ.

"އެއާޕޯޓުތަކަކީ އެހެން މުއައްސަސާތަކާ ނުވަތަ އެހެން ތަންނަނާ ހިލާފަށް ވަކި ގޮތަކަށް ޓްރެއިން ކުރެވިގެން ޓްރެއިނިންތަކެއް ހަދައިގެން އައިސް ތިބޭ ބަޔަކު ނެގިގެން ގެންދާ ތަނެއް. އަޅުގަނޑުމެން ވަޒިފާއަކަށް އިއުލާނުކޮށްފަ އިންޓަވިއު ކޮށްލާފަ، ބޭފުޅުން ނަގައިގެންނެއް އެއާޕޯޓެއް ނުއެއް ފެއްޓޭނެ. އެހެންވީމާ މިކަހަލަ ގޮންޖެހުންތަކާ ހެދި." އެއާޕޯޓު ނުހުޅުވި ލަސްވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ހަ އެއާޕޯޓެއްގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން އެ އެއާޕޯޓުތަކުގެ ތެރޭގައި ފުނަދޫ އެއާޕޯޓާއި، މާވަރުލު އެއާޕޯޓާއި، މަޑިވަރު އެއާޕޯޓު އަދި ހޯރަފުށީ އެއާޕޯޓުގެ އިތުރުން ފަރެސްމާތޮޑާ އެއާޕޯޓު ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކަނޑައަޅާފައިވާ ތާރީހަށް ނިންމައިލެވޭނެ ކަމަށާއި، ފުނަދޫ އެއާޕޯޓު މިމަހުގެ ތެރޭގައި ހުޅުވޭނެ ކަމަށާއި ހޯރަފުށީގެ އެއާޕޯޓު އަންނަ އޮގަސްޓްމަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށެވެ. އަދި މާވަރުލު އެއާޕޯޓު އަންނަ މާޗުހާ ތާގައި ހުޅުވިގެންދާނެ ކަމަށާއި، މަޑިވަރު އެއާޕޯޓު ލަފާކުރަނީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *