މިރޭ ހިނގި މާރަމާރީގައި މަރުވި 17 އަހަރުގެ ކުއްޖާ -- ފޮޓޯ: ގާފު އޮންލައިން

ގއ. މާމެންދޫގަިއ ހިންގި ގުރޫޕް މާރާމާރިއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ކުއްޖަކު މަރާލައިފި އެވެ.

ޖަޒީރާއަށް މައުލޫމަތުދެއްވަަމުން ވިލިނގިލީގައި ހުންނަ ގއ. ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަހްމަދު ވިދާޅުވީ ހޮސްޕިޓަލަށް ގެނައިއިރުވެސް ކުއްޖާ އޮތީ މަރުވެފައިކަމަށެވެ.

މަަރުވެފައިވަނީ އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު އެވެ.

 

The liveblog has ended.

  • މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ މީހެއް!

    ފުލުހުން ބުނީ މާރާމާރި އައި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ މީހެއް ކަމަށާއި، އިތުރު މީހަކު ހައްޔަރުކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

  • އިތުރު ފަރުވާއަށް ތިނަދޫއަށް ގެންދަނީ މަރުވި ކުއްޖާގެ ބޭބެ!

    ޖަޒީރާއަށް އެނގިފައިވާގޮތުގައި އިތުރު ފަރުވާއަށް ތިނަދޫއަށް ގެންދަނީ މަަރުވި ކުއްޖާގެ ބޭބެ އެވެ. އެއީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ.

  • އެކަކު ހާލު ސީރިއަސް، ތިނަދޫއަށް ގެންދަނީ

    ޖަޒީރާއަށް މައުލޫމާތުދެއްވަމުން ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަހްމަދު ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން އެކަކު ހާލު ސީރިއަސް ކަމަށެވެ. އަދި އޭނާ އިތުރު ފަރުވާއަށް ތިނަދޫއަސް ފޮނުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެއީ އުމުރުން 21 އަހަރުގެ ޒުވާނެއްކަމަށް އޭނާ ވިދާޅުވި އެވެ.

1
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.