އާ އަހަރުގެ ހަދިޔާއަކަށް ކުޅަދާނަ ފިލްމީ ތަރި އަލީ ސީޒަންއަށް ކާރެއް ހަދިޔާކޮށްފިއެވެ.
އާ އަަހަރުގެ ހާއްސަ ހަދިޔާއަކަށް ސީޒަންއަށް ކާރެއް ހަދިޔާކޮށްފައިވަނީ ސީޒަންގެ އެސް ޕްރޮޑަކްޝަން އިން މިހާރު އުފައްދަން މަސައްކަތް ފަށާފައިވާ ފިލްމު "ލޯބިވެވިއްޖެ" ދެ ދެ ޕްރޮޑިއުސަރުން ކަމަށްވާ ސީޒަންގެ އަންހެނުން އައިމިނަތު ޝާނަޒް އަދި އަނެއް ޕްރޮޑިއުސަރު، ޝާނިޒް އަލީ އެވެ.
ސީޒަން ވަނީ އާ އަހަރުގެ ހަދިޔާއަކަށް ކާރެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށް ބުނެ، އެ ހަދިޔާ ހެޔޮހިތުން ބަލައިގަނެ، އަންހެނުންނާއި، ޝާނިޒް އަލީ އަށް ޝުކުރު އަދާކޮށްފަ އެވެ.
ފިލްމީ ދާއިރާގައި މިހާރު ތިބި އެންމެ ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ސީޒަން ހިމެނެއެވެ.