ޅ.އަތޮޅު ރަށަކަށް ނިސްބަތްވާ އާއިލާއެއް އެއަތޮޅު ފަޅު ރަށެއްގެ އަތިރި މަތީގައި ނަމާދު ކުރަން ތިއްބާ ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި ވައިރަލްވެ އެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ހުތް އަލިދީދީ ނަމަކަށް ކިޔާ އައިޑީއަކުން އިއްޔެ ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ފޮޓޯގައި ބުނެފައިވަނީ "ތިބާ ވީ ކޮންމެ ތަނެއްގައި ނަމާދު ގާއިމް ކުރުމަށެވެ."

އެ ފޮޓޯއަކީ ޅ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ވޭވަށުގައި ނަގާފައިވާ ފޮޓޯއެކެވެ.

ބޮޑެތި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން އަތިރިމަތީގައި ނަމާދު ކުރަން ތިބި މަންޒަރު ފޮޓޯ އިން ފެނެއެވެ.

ފޮޓޯއަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ އެއާއިލާ އިން ނަމާދަށް ރައްކާތެރިވާތީ އެކަމާ އުފާކުރާކަން ފާހަކޮށް، އެއާއިލާގެ ފަރާތުން ނަމޫނާ ލިބިގަންނަން ޖެހޭކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *