އިތުރު 126 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 16،909 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 98 މީހަކާއި، ރަށްރަށުން 19 މީހެކެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،944 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ. މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދަނީ 204 މީހަކަށެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 2،075 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 14،772 މީހަކު ރަނގަޅުވެފައެވެ.
✳️ COVID-19 : Case Updates
As of 08.02.2021, 06:00 PM
Malé area: 98
Inhabited islands: 19
Operational Resorts: 9
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 126https://t.co/PjrgTZ4m64 pic.twitter.com/3y4zxZ296N
— Health Protection Agency (@HPA_MV) February 8, 2021
ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އަކަށް ކަރފިއު އިއުލާންކޮށް، 8:30 އިން ފެށިގެން ރޭގަނޑު 11 އާއި ހަަމައަށް ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ. މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެތިން ހަފްތާ ނަގާނެކަމަށްވެސް އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެވެ.