-- ފޮޓޯ: ރައީސް އޮފީސް

މިއަދު ރާއްޖެއިން 3،190 މީހަކު ވެކްސިން ޖަހައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 12،934 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފި އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 2،663 މީހުންނަށް ވެކްސިން ޖަހާފައިވަނީ ގްރޭޓަރ މާލެ އޭރިއާއިންނެވެ. 527 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިންނެވެ. ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 19 ސެންޓަރެއްގައެވެ. އެއީ މަލޭގެ 7 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 12 ވެކްސިނޭޝަން ސެންޓަރަކުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒެވެ. މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 5،000 ޑޯޒްވެސް ރާއްޖެއަށް ލިބިފައިވެއެވެ. ވަރަށް އަވަހަށް ސައިނޯފާމްގެ 100،000 ޑޯޒްވެސް ރާއްޖެ ގެނެވޭނެކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ވެކްސިނަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.