ބަނގުރަލާއި އެކު އާއަހަރު ފާޙަގަ ކުރަން ތިބި ތިން ބަޔަކު ށ. ފުނަދޫއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ތިން ފިރިހެނަކު ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައި ވަނީ އެރަށުގައި ބަނގުރާބޯން ތިއްބާ ރޭ 22:00 ހާއިރު އެރަށު އުތުރު ފަރާތު ވަލު ތެރޭގައި އާއި ގޮނޑުދޮށް ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

އަދި އެ އޮޕަރޭޝަނުގައި 500 މިލިލީޓަރުގެ ތިން ފުޅި ބަނގުރާ ފުޅި އާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.