ގދ.ތިނަދޫ

ގދ. ތިނަދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ރަށު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އީ.އޯ.ސީ) އިން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިއަދު އިއުލާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ސައިހޮޓާ ރެސްޓޯރެންޓް ތައް ރޭގަނޑު 11:00 ގައި ބަންދު ކުރުމަށާއި، ފިހާރަ ތަކާއި ގާޑިޔާޓައް ރޭގަނޑު 10:00 ގައި ބަންދުކުރުމަށް ވަނީ އަންގާފައެވެ. އަދި، ކަސްރަތު ކްލާސްތަކާއި، ޖިމް، ދުވާ ޓްރެކް، ހުރިހާ ކުޅިވަރު ކޯޓްތައްވެސް ބަންދުކުރެވޭނެކަމަށް ވަނީ އިއުލާންކޮށްފައެވެ. ކުޑަކުދިންގެ ޕާކާއި މިއުޒިކް ޕާކްވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުންވެސް، ފަރު މަސްވެރިކަންކުރާ އުޅަނދުފަހު ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ މަހަށް ނުފުރުމަށާއި، ކަނޑު މަސްވެރިކަން ކުރާ އުޅަނދުފަހަރު ކައުންސިލާއި ވެވޭ އިގްރާރެއްގެ ދަށުން ނޫނީ މަހަށް ނުފުރުމަށްވަނީ އަންގާފައެވެ.

މީގެ ފަހުން، ސްކޫލްތަކާއި، ކޮލެޖް ޔުނިވަރސިޓީ އަދި ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތައްވެސް ކުރިއަށް ގެންދަންވާނީ އޮންލައިންކޮށް ކަމަށް ތިނަދޫ ކައުންސިލްގެ އިދާރާއިން ވަނީ ބުނެފައެވެ. މޮނިޓަރިންގ ހާލަތު އުވާލެވެންދެން މި އުސޫލުތަކަށް އަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، ވީހާވެސް ގިނަ ވަގުތު ގޭގައި ތިއްބެވުމަށާއި ޟަރޫރީ ކަމެއްގައި މެނުވީ ބޭރަށް ނުދިޔުމަށްވެސް ކައުންސިލުންވަނީ އަންގާފައެވެ. ބޭރަށް ދާއިރު މާސްކް އަޅައި، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަށް ގުޅުއްވުމަށްވެސް އަންގާފައިވެއެވެ.

ތިނަދޫއިން އެންމެ ފަހުން ކޮވިޑް ކޭސްއެއް ފެނިފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެއީ އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ. އޭގެ ފަހުން އިއްޔެ ނެގުނު 400 ރެންޑަމް ސާމްޕަލްގެ ތެރެއިން މީހަކުވަނީ މިއަދު ޕޮޒިޓިވްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.